English Edition
Dhivehi Edition

އައްޑޫސިޓީއެ ކާބޯ އެއްތެތީގެ ހިދުމައްދޭ އަމެއްލަ ވިޔަފާރިއައް ކަމައްވޭ ތްރީއެސް އިން ގޭގެއު އެއްތެތި ގިނާސްދޭއް ފަށަފިޔެ. އޯޑަރަކެރާ ތަރުތީބުން ކޮންމި އެއްތަކަސް އެވެރިން ގިނާސްދޭހެއްކަމައް ބެނަފެއި ތެބޮއް. ތްރީ އެސް ޙުސެންރަޝީދު ބެނީ އެއްވިއަސް ހާލާކި ތެވެރިން ގެން ބޭރައު އޭނެ ކަމައްނެތާއު. ރެއާއި ދެވާލި ތިމާއަފިރިން މިތިބީ ތެވެރިންގެ ހިދުމަތިއައު. ބޭނުންވޭ ކޮންމި އެއްތަކަސް ގުޅިމެއި ގިނާސްދޭށުމާއު.

ތްރީއެސް އިން ލިބޭއު ހިށި އެއްތެއްތެ އެތެރެ ތަރުކާރީއެއި މޭވާ،ދަޅަކާނާގެ ބާވައްތައް،ހިކި ސާމާން،ރިވެތިވޭ އެއްތެތި ހިމެނެއި. އޭގެ އިތިރަށަސް ހުށިހެއި ވައްތަރަކި އެއްގަމި މަހަސް އެތަނުން ލިބޭހެއް.

ރޯދަ މަހައު ހާއްސަ ފޮނި ހަވާދާއި ކާޑުގެ ބާވައްތަކާއި ބަދިގޭ ހުށިހެއި ސާމާނަކަސް ތްރީ އެސް އައް ގުޅިމެއި ގޭއިހަމާއް ގިނާސް ދޭށިޔެ.

ހެންނެއި 10 ން ފެށިގެން ރެއިގަނޑި 10 ޖަހާތިކޮއް ގުޅަމުން އޭއްވީ. ގަން،ފޭދޫ ، މަރަދޫފޭދޫ އަދި މަރަދޫ މީހުން ގުޅާނެއި ތްރީއެސްފޭދޫ ފިހާރަ އިން 7925353 ނަންބަރާއް. އެރައްރަށި މީހުން ޓޭކްއަވޭއިއައް ނުންވީ ކާއެއްތައް ގިނޭއް ބޭނުން ފެހޭ ތްރީއެސް ލޯންޖުން 6893000 ނަންބަރާއް ގުޅިމެއި ހަމަޖެހޭހެއް. ހިތަދޫ މީހުން އެއްތެއްތައް އޯޑަރަ ކެރާއްގުޅާނެއި 3އެސް ހިތަދޫން 9545353 ނަންބަރާއް.

އައްޑޫސިޓީ ރަށި ބަންދަކައު އަދަ އިރިފުސްމެ ކޯކަދުން ގިނާއްސެއި އޮއް މިދަނޑިވަޅި ވިޔަފާރި ތަކާއި ގުޅިގެން ޑެލިވަރީގެ ހިދުމައްދޭއް މަސައްކައް ކެރަމުން އޭކަމައް އަދަބޭވި ނޯސްވެރިންގެ ބައްދަލަވުމެ އައްޑޫސިޓި މޭޔަރު ވެނީ ވިދާޅަވެފެއި. ސިޓީކައުންސިލުން ޑެލިވަރީ ކެރާއުއެދޭ ވިޔަފާރި ތަކުގެ މައުލޫމާތު އޮންލައިން ފޯމައް މެދެވެރިކޮއް ހުށަހަޅާށަސް އެދިފެއި ތެބޮއް.