English Edition
Dhivehi Edition

މެއި 1 ން ފެށިގެން އައްޑޫ ސިޓީގައި އޮތް މޮނިޓަރިން ގެ ޙާލަތު ނިމުމަކަށް ގެނެސްފިއެވެ.

މިކަން ހާމަކުރުމަށްޓަކައި ހެލްތު ޕްރޮޓަކްޝަން އޭޖެންސީން ނެރުނު އިޢުލާނުގައި ވާގޮތުން އައްޑޫސިޓީ މޮނިޓަރިން އިން ނެގީ ކޮވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން ، މޮނިޓަރިން ޙާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުންނެވެ. މިއާއެކު އައްޑޫސިޓީގެ މޮނީޓަރިން ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް ގެނެވިފައިވާކަމަށް އެޗްޕީއޭގެ އިޢުލާނުގައި ބުނެފައިވެއެވެ.

އައްޑޫސިޓީ މޮނިޓަރިން އިން ނެގި މިދަނޑިވަޅުވެސް އައްޑޫސިޓީގައި ކޮވިޑް ޖެހިފައިވާ 70 މީހުން އެބަތިއްބެވެ. އިއްޔެ އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ނެރު ތަފާސް ހިސާބުގައިވާ ގޮތުން އިއްޔެ ވެސް 2 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.