English Edition
Dhivehi Edition

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ 21 މުވައްޒަފަކު ވަކިކުރަން ދިން ނޯޓިސް ޖެންޑާ މިނިސްޓްރީން ބާތިލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސަސްގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. ވަޒީފާއިން ވަކި ކުރި ފަރާތްތަކުން އެކަމުގެ ކަންބޮޑުވުންތައް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅާފައިވާއިރު އެ ކޮމިޝަނުން ވަނީ ވަޒީފާއިން ވަކިކުރުމަށް ދިން ނޯޓިސް މިހާރު ބާތިލްކޮށްފައިވާ ކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން މުވައްޒަފުން ކަނޑާލާފައިވަނީ، ކުޑަކުދިންގެ ހިޔާގައި ތިބި ގިނަ ކުދިންތަކެއް ޖެންޑާ މިނިސްޓްރީން ހުޅުވި އަމާން ހިޔާއަށް ބަދަލުކުރުމާއެކު ވިލިމާލެ ކުޑަކުދިންގެ ހިޔާ ބެލެެހެއްޓުމަށް ބޭނުންކުރާ މުވައްޒަފުން މަދުކުރުމަށެވެ.

ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިން ރަށްރަށުގައި ގާއިމްކޮށްފައިވާ އަމާން ވެށިތަކަށް ބަދަލުކުރުމުން، އެ މަރުކަޒުގެ މުވައްޒަފުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓިފައިވާއިރު އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ވަނީ އެހެން ވަޒީފާތަކަށް ބަދަލުވާން ފުރުސަތު ދީފައެވެ. އަދި ބާކީ ތިބި 21 މީހުންނަށް ނޯޓިސްދީ ވަޒީފާއިން ވަކިކުރަން ނިންމާފައިވާއިރޔ މީގެ ކުރިންވެސް އެ ތަން ހުސްކުރުމަށްފަހު އެ ތަނުގައި ތިބި މުވައްޒަފުންނަށް ވަނީ ނޯޓިސް ދީފައެވެ.

ފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގެ އަމާންކަން ގެއްލި އެ ތަނުގައި ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.