English Edition
Dhivehi Edition
ކުޑަކުދިންގެ ހިޔާ - ފޮޓޯ: ކުޑަކުދިންގެ ހިޔާ

ދައުލަތުގެ ބެލުމުގެ ދަށުން، ތ. ވޭމަންޑޫގައި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބަލަހައްޓަމުން އައި ހުރިހާ ކުދިން އެހެން ރަށަކަށް ބަދަލުކޮށްފިއެވެ.

އެ ރަށުން ކުދިން ބަދަލުކޮށްފައިވަނީ، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ) ހުރި އަންހެން ކުއްޖަކު، އެ ތަނުގައި މަސައްކަތް ކުރާ އެ ރަށުގެ މުވައްޒަފަކަށް ހަމަލާދިނުމުންނެވެ. މި މައްސަލަ ހޫނުވެ، ރަށު ރައްޔިތުންތަކެއް މުޒާހަރާކޮށް ނުރުހުންފާޅުކޮށްފައިވާއިރު އެ ރަށު ރައްޔިތުންވަނީ މި ކުއްޖާ ރަށުން ބޭރުކޮށްލުމަށް ގޮވާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އެ ރަށުން ބަދަލުކުރަން ނިންމައި، އެ ކުދިން ގެންދިޔައީ ދައުލަތުން ކުދިން ބަލަަހައްޓާ އެހެން މަރުކަޒަކަށެވެ.