English Edition
Dhivehi Edition
ރައީސް ޔާމީން އަތޮޅުތެރެއަށް މިހާރުކުރައްވާ ދަތުރުފުޅުގައި މާލެއަތޮޅު ގުރައިދޫގައި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާދަކުރައްވަން އުޅޭ ކަމަށް މީީޑިއާގައި ދެކެވެމުންދާ ވާހަކަތައް ޕްރޮގްރެސިވް ކޯލިޝަނުން ދޮގުކޮށްފި އެވެ. ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާކަމުގެ އަޑުތަކެއް މމިއަދު ވަނީ ފެތުރިފައެވެ.

މިކަމާއިގުޅިގެން އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ‘އެއީ ކަނޑައެޅިގެން ދޮގެއް” ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެން ނެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އެދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށެވެ.

އެދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު މި ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތު ބަންދުވާނީ މި ޑިސެންބަރ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ.