English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މުޅި ހަޔާތް ހޭދަކުރައްވަނީ އޮޅުވާލުމުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.

ޑރ.ޖަމީލު މި ގޮތަށް ސިފަކުރައްވާފައިވަނީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން. އިންޑިއާ އައުޓް ކަމަކަށް ނުބުނެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ،

މިގޮތުން ޑރ.ޖަމީލު ވަނީ މީގެ ކުރިން އެމްޑީޕީން ރާއްޖޭގައި ބޭރު ސިފައިން ތިބޭކަމަށް ބުނެ އަޑުގަދަ ނުކުރޭތޯ އާއި މިއަދު އިންޑިއާ ސިފައިން ތިބުން މައްސަލައެއް ނެތްތޯ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ މުޅި ހަޔާތް ހޭދަކުރައްވަނީ އޮޅުވާލުމުގައިކަމަށް ޑރ،ޖަމީލު ވަނީ ވިދާޅުވެފައެވެ. އަދި “މިއަދު ރަދުންނަށް ވެގެން އުޅުއްވާއިރު ތިބުރަ އުފުލަނީ އިންޑިއާއިންތޯ؟” ޖަމީލު ވަނީ ސުވާލުކުރައްވާފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން ‘އިންޑިއާ އައުޓް’ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ކުރައްވަމުން އަންނައިރު މި ކެމްޕެއިންގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ބާއްވާ ހަރަކާތްތަކަށް ބޭރުގެ ބައެއް މީޑީއާތަކުގެ ސަމާލުކަންވެސް ވަނީ ހުއްޓިފައެވެ.