English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރި މުހައްމަދު ޝުޖާއު އަބްދުއްރަހީމް އަށް އަނެއްކާ ވެސް އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސައިފިއެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ޝުޖާއު އެ މަގާމުން ވަކިކުރީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދިޔަ “ސޭވް އަރަބިއްޔާ ކެމްޕެއިން” ހުއްޓުވުމަށް އޭނާ މަސައްކަތް ކޮށްފައި ނުވާތީއެވެ. އަދި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުންނެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން ޝުޖާއު ވަކިކޮށް އޭނާ ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެެވެ.

ޝުޖާއު އަރަބިއްޔާގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މައްސަލަ އޭނާ ޓްރައިބިއުނަލަށް ހުށަހަޅާފައިވާއިރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ އެހެން މަގާމަށް ބަދަލުކުރީ ގާނޫނާއި ހިލާފަށް ކަމަށް ބުނެފައެވެ. އަދި 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޖެހޭނެ ކަމަށްވެސް ޓްރައިބިއުނަލުން ވަނީ ބުނެފައެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ އެންގުމާ އެއްގޮތަށް ޝުޖާއު އަށް އަލުން އޭނާ އަދާކުރަމުން ދިޔަ ވަޒީފާގެ މަސްއޫލިއްޔަތު މިއަދު އޭނާ އާއި ހަވާލުކޮށްފައިވާއިރު ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލު ހިންގުމުގެ އެންމެހާ ކަންކަން ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށް އުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ޝުޖާއުއަށް ފޮނުވި ސިޓީގައި ވަނީ އަންގަވާފައެވެ.