English Edition
Dhivehi Edition

މި މަހުގެ 17 ވަނަ ދުވަހު 49 އަހަރު ފުރޭ ޖޯން އަބްރަހަމް، އޭނާގެ އިންސްޓަގްރާމްގައި ވާ ހުރިހާ ފޮޓޯތަކެއް ޑިލިޓްކޮށްލައިފިއެވެ.

އާންމުކޮށް ސޯޝަލް މީޑިއާ އާއި ވަރަށް ދުރުގައި އުޅެމުން އަންނަ ޖޯންގެ އިންސްޓަގްރާމްގައި 9 މިލިއަން ފޮލޯވަރުން ތިބިއިރު، ޖޯން އެ އެކައުންޓްގައިވާ ފޮޓޯތަކުގެ އިތުރުން އޭނާގެ ޕްރޮފައިލް ފޮޓޯވެސް ވަނީ ޑިލީޓްކޮށްލާފައެވެ. އެހެންނަމަވެސް އަދި އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑިލިޓްކޮށްފައި ނުވާއިރު ޖޯން ފޮޓޯތައް ޑިލްޓްކުރި ސަބަބާއި ބެހޭ ގޮތުން އޭނާއަށް ތާއިދުކުރާ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

މީގެކުރިން ކަޕިލް ޝަރްމާ ޝޯގައި ވާހަކަދައްކަމުން ޖޯން ވަނީ ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ކުރާކަމަށް ބުނެފައެވެ. ސަތިޔަމޭވް ޖަޔަތޭ 2 ގެ ޕްރޮމޯޝަންގައި ވަރަށް ބޮޒީކޮށް އުޅެމުންދާ ޖޯން ގެ އިންސްޓަގްރާމްގެ ފޮޓޯތައް ޑިލިޓްކޮށްލި ސީދާ ސަބަބެއް އަދި އެގިފައިނުވާއިރު، ބައެއް މީހުންވަނީ އޭނާގެ އެކައުންޓް ހެކްކުރީކަމަށް ބުނެފައެވެ. ނުވަތަ ޖޯން އާ އެކައުންޓެއް ހަދަން އުޅެނީކަމަށްވެސް ބައެއް މީހުން ބުނެފައިވާއިރު، ޖޯންގެ ޓީމުން އަދި މިކަމާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނެތެވެ.