English Edition
Dhivehi Edition

ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ މިލާޕް ޒަވޭރީ އާއިއެކު ޖޯން އަބްރަހަމް އޭނާގެ ކުރިޔަށް އޮތް ފިލްމް “އެސްއެމްޖޭ” ގެ ޝޫޓިންގ ފަށައިފިއެވެ.

ޒަވޭރީ އިއްޔެ ބުނެފައިވަނީ އޭނާގެ ފިލްމްގެ ފުރަތަމަ ފަށާ މަންޒަރު ނަގާ ނިމިއްޖެ ކަމުގައެވެ. އޭނާ ވަނީ ޖޯން ، މަނޯޖް ބަޖްޕާއީ، ނިކިލް އަދްވާނީ، މޮނީޝާ އަދްވާނީ، މަދޫ ބޯޖްވާނީ އަދި ބުޝަން އަށް ޝުކުރު އަދާކޮށްފައެވެ. ފުރަތަމަ ކެޕްޝަން ފޮޓޯ ޖޯންގެ ނެގިފައިވާ ކަމަށާއި ޑައިލޮގް އަދި އެކްޝަނަށް ތައްޔާރަށް ތިބި ކަމަށް ޒަވޭރީ ވަނީ ބުނެފައެވެ.

ފުރަތަމަ މަންޒަރު ނެގި އިރު ނުހުރެވުނު ކަމުގައި ވިޔަސް ޖޯން އާއިއެކު މިފިލްމުން ފެނިގެންދާ މަނޯޖް ވަރަށް އަވަހަށް ފިލްމްގެ ޓީމާއި ގުޅޭނެ ކަމަށްވެއެވެ.