English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ފިލްމު ކުޅޭ އަގު ތިންގުނަ ބޮޑުކޮށްފި އެވެ.

ފާއިތުވި ތިން އަހަރު އޭނާ އެވްރެޖްކޮށް ފިލްމަކުން ފީއެއްގެ ގޮތުގައި ގޮތުގައި ނަގަމުން އައީ 7 ކްރޯޑް ރުޕީސް (940,714 ޑޮލަރު) އެވެ. އެހެންނަަމަވެސް މިހާރު ޖޯން ވަނީ އޭނާ ފިލްމު ކުޅެދޭ އަގު 21 ކްރޯޑް ރުޕީސް (2.82 މިލިއަން ޑޮލަރު) އަށް ބޮޑުކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޖޯން ކުޅެފައިވާ ފިލްމުތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާއިރު ޖޯންގެ އެންމެ ފަހުގެ ފިލްމަކީ ނޮވެމްބަރުގައި ރިލީޒްކުރި “ސަތިޔަމެވަ ޖަޔަތޭ 2″ކެވެ.

މިއަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޖޯންގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ މޯހިތު ސޫރީ ޑައިރެކްޓްކުރާ “އޭކް ވިލަން ރިޓާންސް” އެވެ، މިއަހަރުގެ ޖުލައި މަހު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމަށް އޭނާ ހުށަހަޅާފައިވާ އަގަކީ ވެސް 21 ކްރޯޑް ރުޕީސް އެވެ، ޖޯންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “އެޓޭކް” އަދި “ޕަތާން” އަކީވެސް ފާހަގަކޮށްލެވޭ ފިލްމުތަކެވެ.