English Edition
Dhivehi Edition

މަޝްހޫރު ޓީވީ ތަރި އަންކިތާ ލޯކަންޑޭ އާއި ވީ އެކްޓަރު ވިކީ ޖެއިންގެ ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވަން ފަށައިފިއެވެ.

މި ދެތަރިންގެ ކައިވެނީގެ ކުރިން އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކުރިއަށް ގެންދާ ރަސްމިއްޔާތުތައް އިއްޔެ ފެށިފައިވާއިރު މި ރަސްމިއްޔާތުތައް ބާއްވަމުން އަންނަނީ މުމްބާއީގެ ފައިވްސްޓާ ހޮޓަލެއްގައި ވަރަށް ކުލަ ގަދަކޮށެވެ. އަންކިތާގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށުނުކަން އިއުލާން ކުރުމުގެ ގޮތުން އޭނާ ވަނީ ވިކީ އާއި އޭނާގެ ފޮޓޯއެއް ހިއްސާކޮށް ކައިވެނިކުރާއިރު އަރާ ފައިވާނުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އަންކިތާގެ ކައިވެނީގެ ރަސްމިއްޔާތުތައް ތިން ދުވަހަށް ދެމިގެންދާއިރު މި ދެތަރިންގެ ކައިވެނީގެ ރަސްމިއްޔާތު އޮންނަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި ކައިވެނި ހަފްލާގައި ދެ ފަރާތުގެ އާއިލާ މީހުންގެ އިތުރުން ގިނަ އަދަދެއްގެ އެކުވެރިންނާއި އަދި އިތުރު މެހެމާނުންވެސް ބައިވެރިވާނެކަމަށް މީޑީއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

“ޕަވިތުރަ ރިޝްތާ” އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އަންކިތާ އާއި ވިކީ ކައިވެނިކުރަނީ ތިން އަހަރުވަންދެން އެކުގައި ރައްޓެހިވެގެން އުޅުމަށްފަހުއެވެ

 

ޓެގު