English Edition
Dhivehi Edition

ކަރަން ޖޯހަރް އަކީ އަބަދުވެސް ވަރަށް ތަފާތު، މޮޅު ރިއަލިޓީ ޝޯތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ކުޅަދާނަ ފަންނާނެކެވެ. އޭނާގެ ފިލްމުތަކަކޭ އެއްފަދައިން އޭނާގެ ޝޯތަކަކީވެސް ބެލުންތެރިންގެ މެދުގައި މަގްބޫލު ޝޯތަކެވެ. ‘ކޮފީ ވިތް ކަރަން’ ފަދަ މޮޅު ރިއަލިޓީ ޝޯތައް ގެނެސްދީފައިވާ ކަރަން އަނެއްކާވެސް މި ވަނީ ބެލުންތެރިންނަށް އާ ޝޯއެއް ގެނެސްދިނުމަށް ތައްޔާރުވެފައެވެ.

މިއަދު ހެނދުނު ކަރަން އޭނާގެ އާ ޝޯގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު އޭނާ ބުނެފައިވަނި މި ޝޯއަކީ ވަރަށް ތަފާތު ޝޯއަކަށް ވެގެންދާނެކަމަށެވެ. ކަލާ ޓީވީއިން ގެނެސްދިނުމަށް ތައްޔާރުވަމުންދާ އާ ޝޯ ‘ހުނަރުބާޒް’ އާއި ބެހޭ ގޮތުން ކަރަން ބުނެފައިވަނީ އޭނާއަކީ އަބަދުވެސް ޖަޖުންގެ ގޮނޑީގައި އިށީންނަން ބޭނުންވާ މީހެއް ކަމަށެވެ.

“ޓެލެންޓް ޝޯ ތަކުގެ ޖަޖުންގެ ގޮނޑީގައި އިށީނުމަކީ އަހަރަން އެންމެ ކުރާ ހިތްވާ އެއްކަން. މިއީ ގައުމުގެ އެކި ހިސާބުތަކުގެ އުޅެމުންދާ ހުނަރުވެރިންގެ، ހުނަރުތައް ބަލާލުމަށް ލިބޭ ފުރުސަތެއް.” ކަރަން ވަނީ ބުނެފައެވެ.