English Edition
Dhivehi Edition

އަބަދުވެސް ވަރަށް ތަފާތު، މޮޅު ރިއަލިޓީ ޝޯތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ކަރަން ޖޯހަރްގެ “ހުނަރުބާޒް” މި މަހުގެ 22 ގައި ދައްކަން ފަށާނެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

ކަލާޒް ޗެނެލްއިން މި ޝޯގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ. ހުނަރުބާޒް ގެ ޖަޖުންގެ ތެރޭގައި ކަރަން ޖޯހަރުގެ އިތުރުން މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީ އާއި ބަތަލާ ޕަރިނީތީ ޗޯޕްރާ ހިމެނެ އެވެ. އަދި ޝޯގެ ހޯސްޓުންނަކީ ކަލާސްގެ ގިނަ ޝޯތަކެއް ހޯސްޓްކޮށްދީފައިވާ ބާރުތީ ސިންގް އާއި ހާޝް ލިމްބާޗިއާ އެވެ.

ބެލުންތެރިން އިންތިޒާރުކުރަމުންދާ ޝޯ ‘ހުނަރުބާޒް’ އާއި ބެހޭ ގޮތުން ކަރަން ބުނެފައިވަނީ އޭނާއަކީ އަބަދުވެސް ޖަޖުންގެ ގޮނޑީގައި އިށީންނަން ބޭނުންވާ މީހެއް ކަމަށެވެ.“ޓެލެންޓް ޝޯ ތަކުގެ ޖަޖުންގެ ގޮނޑީގައި އިށީނުމަކީ އަހަރަން އެންމެ ކުރާ ހިތްވާ އެއްކަން. މިއީ ގައުމުގެ އެކި ހިސާބުތަކުގެ އުޅެމުންދާ ހުނަރުވެރިންގެ، ހުނަރުތައް ބަލާލުމަށް ލިބޭ ފުރުސަތެއް.” ކަރަން ވަނީ ބުނެފައެވެ.