English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު އަރްޖުން ބިޖްލާނީ އާއި އެކްޓްރެސް ޝްރައްދާ އަރްޔާ އަށް ކަރަން ޖޯހަރުގެ ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން ޝްރައްދާއަށް ފޮނުވާފައިވާ ނޯޓެއް އާންމުކޮށް އޭނާ ވަނީ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމެއް ކުޅެން ލިބިފައިވާކަން އިއުލާންކޮށްފައެވެ. ޟްރައްދާ އާންމުކުރި ޕޯސްޓްގައި ވަނީ، ދަރްމާގެ އާއިލާ އަށް މަރްހަބާ ކިޔާފައެވެ. ޝްރައްދާގެ މޮޅު ހުނަރު ފެނިގެން ދިޔަ ޑްރާމާތަކުގެ ތެރޭގައި ލައިޕް އޯކޭ އިން ދެއްކި، މެއި ލަކްޝްމީ ތޭރެ އާންގަން، ތުމާރީ ޕާކީ އަދި ޑްރީމް ގާލް ހިމެނެއެވެ.

މީގެ އިތުރުން އަރްޖުން ވެސް ވަނީ ދަރްމާގެ އާއިލާ އަށް މަރުހަބާ ކިޔާފައިވާ ނޯޓު އާންމުކޮށް، ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާކަން އިއުލާންކޮށްފަ އެވެ. އަރްޖުން ފެނިގެންދިޔަ ޑްރާމާތަކުގެ ތެރޭގައި “އިޝްގް މެއިން މަރްޖާވަން” އާއި “ނާގިން” ހިމެނެއެވެ

arjun-bijlani-with-karan-johar.jpeg

މި ދެތަރިންނަކީވެސް މީގެ ކުރިން ބައެއް ފިލްމުތަކުގައި ކުޑަކުޑަ ރޯލުތަކުން ފެނިގެން ގޮސްފައިވާ ތަރިންނެވެ. އެހެންނަމަވެސް މި ފުރުސަތަކީ އެ ދަތަރިންނަށް ބޮލީވުޑްގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއްކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.