English Edition
Dhivehi Edition

ރޯހިތް ޝެއްޓީ ޑައިރެކްޓް ކުރާ ފިލްމް”ސިމްބާ”ގެ އަންހެން ތަރިއަކަށް މަޝްހޫރު ތަރި ސައިފް ޢަލީ ޚާންގެ ދަރިފުޅު ސާރާ ޢަލީ ޚާން ހަމަޖައްސައިފިއެވެ.

ކަރަން ޖޯހަރު އަދި ރޯހިތް ޝެއްޓީގެ މި ފިލްމްގެ ފުރަތަމަ ޕޯސްޓަރުން ފިލްމްގެ ފިރިހެން ތަރިއެއްގެ ގޮތުން ރަންވީރް ސިންގް ފެނުމާއިއެކު ގިނަ ބަޔަކު ދިޔައީ އަންހެން ތަރިއެއްގެ ގޮތުގައި ފިލްމުން ފެނިގެން ދާނެ ތަރިއަކާމެދު ސުވާލު އުފައްދަމުންނެވެ. މި ސުވާލު ތަކަށް ނިމުން ގެނުވީ މި ފިލްމަށް ސާރާ ޢަލީ ޚާން ސޮއި ކޮށްފައިވާކަން ކަށަވަރު ވުމުންނެވެ.

މުޅިން އަލަށް ފިލްމީ ދާއިރާއަށް ނިކުންނަ ސާރާ ޢަލީ ޚާންއާއި ރަންވީރް ސިންގްގެ މި ފިލްމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. މިއީ ރޯހިތް ޝެއްޓީ ޕިކްޗާސް އަދި ދަރްމާ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމެކެވެ. ސައިފް ޢަލީ ޚާން އަށް ލިބުނު ފަދަ ކާމިޔާބެއް އޭނަގެ ދަރިފުޅަށް ޙާޞިލުވާނެބާއެވެ؟ މިސުވާލުގެ ޖަވާބަށް އަޅުގަނޑުމެން ޖެހޭނީ މި ފިލްމް ރިލީޒް ކުރެވެން ދެން އިންތިޒާރު ކޮށްލާށެވެ.

ފިލްމް” ސިމްބާ” ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 28 ޑިސެމްބަރު 2018 ގައެވެ.