English Edition
Dhivehi Edition
މުލިމަތި ޖަމިއްޔާއިން ބޭއްވި ބެސްޓް ފުޓްސަލް މުބާރާތް 2018

އައްޑޫސިޓީގައި ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދާ ފަރާތްތަކުން، 2022 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކުޅިވަރު ހަރަކާތްތަކުގެ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލާއި ހިއްސާކުރުމަށް އެ ކައުންސިލުން އެދިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކުރާ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރުގެ ޙަރަކާތްތައް ހިމެނޭ “އައްޑޫސިޓީ ކުޅިވަރު ކަލަންޑަރ-2022” އެކުލަވާލުމުގެ މަސައްކަތް ކައުންސިލް އިދާރާގެ ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީން ކުރިއަށް ގެންދާކަމަށެވެ.

އެހެންކަމުން މި މަސައްކަތް ކުރުމުގައި އައްޑޫސިޓީގައި ޙަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ސްކޫލްތަކާއި، އެސޯސިއޭޝަންތަކާއި، ޔޫތް ސެންޓަރތަކުން ހިންގަވާ ކުޅިވަރު މުބާރާތްތަކާއި ޙަރަކާތްތަކާ ފުށުނާރާގޮތަށް “އައްޑޫސިޓީ ކުޅިވަރު ކަލަންޑަރ-2022” އެކުލަވާލަން ބޭނުންވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫސިޓީގައި ކުޅިވަރުގެ ޙަރަކާތްތަށް ހިންގާ ހުރިހާ ތަންތަނުން، 2022 ވަނަ އަހަރު އައްޑޫސިޓީގައި ހިންގުމަށް ރާވާފައިވާ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރުގެ ޙަރަކާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މިގޮތުން ކުޅިވަރު ޙަރަކާތް ހިންގުމަށް ރާވާފައިވާގޮތުގެ މަޢުލޫމާތާއި ޙަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ ތާރީޚް ތައް އެނގޭގޮތަށް 23 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން އެ އިދާރާގެ މެއިލްއަށް [email protected] ޙިއްސާ ކޮށް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.