English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ތިންވަނަ ބެޗްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕޯޓުސް އިން ކޮށްފައިވާ އިއުލާނުގައި ބުނީ 2021 ވަނަ އަހަރުގެ 03 ވަނަ ބެޗުގައިއުމުރު 18 އަހަރާއި 35 އަހަރާއި ދެމެދު 10 ހެވީ ވެހިކަލް އޮޕަރޭޓަރުން 07 ވެލްޑަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާކަމެވެ. ގްރޭޑް 08 ނިންމާފައިވާ ފަރާތްތަކަށް މި އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް މޯލްޑިވްސް ޕޯޓުސް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މެރިން އިންޖިނިއަރިންގ – އެޕެރެންޓިސް އަށް ދެ ފަރާތެއް ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު އެޑްމިނިސްޓްރޭޓިވް އެޕެރެންޓިސް އަށްވެސް ދެ ފަރާތެއް ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތު ތަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލް އިމްތިޚާނުން މަދުވެގެން 3 މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން ހިމެނެއެވެ.

މި ޕްރޮގަރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާން ބޭނުންވާ ފާރާތްތަކުން، https://forms.gle/qUEvDxbR9EYcS34r7 ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް މޯލްޑިވްސް ޕޯޓްސް އިން ވަނީ އެދިފައެވެ.