English Edition
Dhivehi Edition
މީދޫގައި ހެދުމަށް ތައްޔާރުވަމުން އަންނަ މިސްކިތުގެ ކުރެހުން

އައްޑޫ ސިޓީ މީދޫގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ސ. މީދޫ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގެ ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. މި ގޮތުން ބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް GC01-05 ,GC01-04 ,GC01-03 ,GC01-02 ,GC01-01 އަށް ޝަރުތުހަމަވާ ފަރާތްތަކަށްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ފައިސާ ބަލައިގަންނާނީ 06 ޑިސެންބަރު 2021 އިން 23 ޑިސެންބަރު 2021 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށެވެ.

މި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ ގެ ގޮތުގައި 45,000.00 ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި ޕްރޮޖެކްޓުގެ ބީލަން ހުޅުވުން އޮންނާނީ 28 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ،