ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި، އެ ދަރަނި އެއްކޮށް ހަލާސްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާ އެކު، އިންޑިއާއަށް ދައްކަންޖެހޭ މި މުޅި ދަރަނި ވަނީ އެއްކޮށް ހަލާސްވެފައެވެ.
މި ދަރަނި ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން:
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި މި ދަރަނި ދެއްކުމުގެ ސަބަބުން ތެލާއި، ކާޑުގެ ބާވަތްތަކާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ގަވާއިދުން ފައިސާ ޖަމާކުރުމާއި، މާލީ އިދާރާތަކާއެކު މަޝްވަރާކޮށްގެން ދަރަނި މެނޭޖުކުރުމަށް ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.