English Edition
Dhivehi Edition

ގދ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ފެންވަރުގެ ވޮލީ މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ފިޔޯރީ އެސޯސިއޭޝަން ފޮ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާއާއި ހަވާލުކޮށްފިއެވެ.

ގދ. ގައި އަތޮޅު ފެންވަރުގެ ވޮލީ މުބާރާތެއް ބޭއްވުމަށް ގދ. އަތޮޅު ކައުންސިލުން ވަނީ އެކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 14 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައެވެ.

ގދ.އަތޮޅު ކައުންސިލްގެ ވޮލީބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅި ފަރާތަކީ ފޭސް އެވެ. އެހެންކަމުން މިއަދު ގދ. އަތޮޅު ކައުންސިލް އިދާރާގައި ވަނީ އަތޮޅު ކައުންސިލް އިދާރާ އާއި ފޭސް އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

މި މުބާރާތަކީ ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.