ސިވިލް ސަރވަންޓުން މިއަދު ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވުމުގެ ގޮތުން ގދ. އަތޮޅު ކައުންސިލްގެ ނާއިބް ރައީސް އަދި ގދ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ކަޅުހެދުން ތުރުކުރައްވައިގެން މިއަދު އޮފީހަށް ނުކުމެ ވަޑައިގެންފިއެވެ.
ދިވެހި ސިވިލް ސަރވެންޓް އެސޯސިއޭޝަނުން ބުނެފައި ވަނީ އާދިއްތަ ދުވަހު މަސައްކަތަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށާއި ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ ޖެހިގެން އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރާނެ ކަމަށެވެ.
ސިވިލް ސަރވަންޓުން ސަރުކާރަށް ކުރާ ޑިމާންޑްތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސަރވަންޓުންނަށް ވެސް ލިވިން އެލަވަންސް ހަމަޖައްސައިދިނުމާއި މިނިމަމް ވޭޖް އަވަސް ކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމަށް ގޮވާލައެވެ.