English Edition
Dhivehi Edition

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އިސް ނަގައި، އިމްތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގދ. އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް 2022 ރާވާ ހިންގުމަށް ގދ. ތިނަދޫ ކައުންސިލް އިދާރާ އާއި ހަވާލުކޮށްފިއެވެ.

މިމުބާރާތް ހިންގުމަށް ގދ. ތިނަދޫ ކައުންސިލާއި ހަވާލުކުރީ އެކަމަށް ހާއްސަކޮށްގެން ތިނަދޫ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި ގދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލުގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެވެ. އަދި ތިނަދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލުގެ ރައީސް ސައުދު އަލީ އެވެ.

މި މުބަރާތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. މިއެއްބަސްވުމާއެކު މިމުބާރާތް ރާވާ ހިންގުމުގެ ހުރިހާ ޒިންމާއަކާއި ހަވާލުވާނީ ގދ. ތިނަދޫ ކައުންސިލުންނެވެ. އަދި މިމުބާރާތް ކުރިއަށްދާނީ ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުގައެވެ.

1444 ވަނަ އަހަރުގެ ގދ. އަތޮޅު ކައުންސިލް އިދާރާގެ ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެންނެވެ.