English Edition
Dhivehi Edition

ގދ ހޯނޑެއްދޫގައި ފަންގި ވިނުމުގެ ކޯހެއް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ފަރާތުން ފަށައިފިއެވެ.

ހޯނޑެއްދޫ އަންހެނުންނަށް އަމާޒުކޮށްގެން ކުރިޔަށްދާ މި ކުރުކޯހުގައި 10 އަންހެން ކަނބަލުން ބައިވެރިވެފައި ވެއެވެ. އިއްޔެ ހަވީރު ފެށި މި ކޯހުގެ މުއްދަތަކީ 10 ދުވަސް ކަމުގައި ގދ ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސއްކަތްކުރާ ކޮމެޓީގެ ރައީސާ އަލްފާޟިލާ ދީނިޔާ ވަހީދު މައުލޫމާތު ދެވިއެވެ. އިތުރަށް އެކަމަނާ ވިދާޅުވީ ވަޅުޖެހިފައިވާ މިފަދަ މަސއްކަތެއް ދަސްކުރުމަށް ހޯނޑެއްދޫގެ އަންހެނުންގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް ބޮޑު ތަރުޙީބެއްކަމަށެވެ. އަދި ދަނޑުވެރިކަން ކުރަމުން މިފަދަ މަސައްކަތެއް ދަސްވެފައި ހުރުމަކީ ފަހުން އޭގެ ފައިދާ ކުރާނެ ކަމެއްކަމަށާއި އެކަމުން ރަނގަޅު އާމްދަނީއެއްވެސް ލިބޭނެ ކަމެއްކަމުގައެވެ.

”ހޯނޑެއްދޫއަކީ ދަނޑުވެރި ރަށަކަށްވެފައި ދުވާލާ ރޭގަނޑުގެ ބޮޑުބައެއް ހުސްވެފައި މިފަދަ މަސައްކަތެއް ކުރާނަމަ އެކަމުން މަންފާ ލިބޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބޭކަނބަލުންނަށް އެ ފުރުޞަތު ހޯދައި ދޭނަން“ ދީނިޔާ ވިދާޅުވިއެވެ.

ހޯނޑެއްދޫގައި ކުރިޔަށް ގެންދާ މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދެއްވަނީ ފަންގި ވިނުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަނބަލެއް ކަމުގައިވާ އަލްފާޟިލާ ޢަރްނީޝާ އަބްދުﷲ އެވެ.