English Edition
Dhivehi Edition

ހަފްތާއެއް ތެރޭ ބޯޓަކަށް އެންމެ ގިނަ މަސް ކިރުވުމުގެ ރިކޯޑް ގދ. މަޑަވެލި ޓީ.އެސް ލައިން ދޯނިން ގާއިމްކޮށްފިއެވެ.

ޓީ.އެސް ލައިން ދޯނީގެ ވެރިޔާ އަމްޖަދު ހަސަން ވިދާޅުވީ، އެ ދޯނިން ފާއިތުވި ހަފްތާތެރޭގައި 95 ޓަނުގެ މަސް ބޯޓަކަށް ކިރުވާފައިވާ ކަމަށެވެ. އަދި އިއްޔެ އެ ދޯނިން 45.9 ޓަނުގެ މަސް ބާނާފައިވާކަމަށް އަމްޖަދު ފާހަގަކުރެއްވިއެވެ.

އިއްޔެ ޓީ.އެސް ލައިނުން ވަނީ 45.9 ޓަނު މަސް ބާނައި މަޑަވެލިން މިހާތަނަށް އެންމެ ގިނައިން މަސް ބޭނި ދޯނީގެ ރިކޯޑްވެސް ހަދާފައެވެ. އަދި އެއާއެކު މި ދޯނި ވެގެން ގޮސްފައި ވަނީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން މަސް ކިރުވި ދޯންޏަށެވެ. އަދި އެ ދޯނިން ވަނީ 95 ޓަނު މަސް 04 ދުވަހުން ބޯޓަކަށް ކިރައި އައު ރެކޯޑެއް ވެސް ހަދާފައެވެ.

ޒުވާން ކެޔޮޅަކާއި، ފަޅުވެރިން މަސައްކަތްކުރާ މަޑަވެލި ޓީ.އެސް ލައިން އިން ދޯނިން އައު ރެކޯޑެއް ގާއިމްކޮށްފައިވާއިރު، 56 ޓަނުގެ މަހާއެކު ރާއްޖޭގެ ރެކޯޑް އަދިވެސް އޮތީ ގދ. ތިނަދޫ “ރަސްމަގު” ނަމަކަށް ކިޔާ ދޯނީގައެވެ.