އައްޑޫ ސިޓީ ކައުންސިލުން ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ބިންތައް މޯގޭޖްކުރުމުގެ ހުއްދަ ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިއްޔެގެ ޖަލްސާގައި ވަނީ މަސްވެރިކަމާއި އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތައް މޯގޭޖް ކުރުމުގެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.
އައްޑޫ ސިޓީ އިން ވިޔަފާރީގެ އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް އިތުރު އިންވެސްޓެއް ކުރުމުގެ ގޮތުން، އެ ބިން މޯގޭޖްކޮށް، ލޯނު ނެގުމަށް ބިންތައް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުން އެ ދެމުން ދިއުމާއި ގުޅިގެން ކައުންސިލުން ވަނީ އެ އިދާރާގެ ލީގަލް ސެކްޝަނުގެ ލަފާވެސް ހޯދާފައެވެ.
ކައުންސިލް އިދާރާގެ ޕްލޭނިން ސެކްޝަނުން ހުށަހެޅި ހުށަހެޅުމަށް ކައުންސިލުން ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު ކައުންސިލްގެ ލީގަލް ސެކްޝަނުންވަނީ ކުއްޔަށް ދޫކުރާ ބިންތައް މޯގޭޖް ކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައެވެ.