English Edition
Dhivehi Edition
ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.

ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދިފައިވަނީ، އެ މަނިކުފާނަށް ކޮށްފައިވާ ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމުގެ އެދުމަކަށް ފުލުހުން އެދުމާ ގުޅިގެން، އެ އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވާއިރު ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.