English Edition
Dhivehi Edition
މެސީ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އުފުލާލަނީ.

 

ފްރާންސްގައި ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުތްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑު 7ވަނަ ފަހަރަށް އާޖެންޑީނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބު ކޮށްފިއެވެ. ފްރާންސްގެ މަޖައްލާއަކުންދޭ މިއެވޯޑު ޕީއެސްޖީގެ ފޯވާޑް ، މެސީ ކާމިޔާބު ކުރިއިރު އޭނާ ވެފައިވަނީ މިމަޤާމް އެންމެ ގިނަ ފަހަރު ދިފާޢު ކުރި ކުޅުންތެރިޔާއަށްވެސް މެއެވެ. މެސީ އެންމެ ފުރަތަމަ ބެލޮންޑިއޯ އެވޯޑު އުފުލާލީ 2009 ވަނަ އަހަރުއެވެ. އޭގެފަހުން 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރުވެސް މެސީ މި އެވޯޑު އުފުލާލިއެވެ. އޭނާއާއި ޖެހިގެން މި އެވޯޑު ދެން އެންމެ ގިނައިން ހޯދީ މެސީގެ އެންމެ ބޮޑު ވާދަވެރިޔާ، ޕޯޗުގަލްގެ މެންޗެސްޓަރ ޔުނައިޓެޑްއަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯއަށް މިފަހަރު ލިބުނީ ހަ ވަނައެވެ. މިއެވޯޑުގައި ފަސްވަނަ ލިބިފައިވަނީ ޗެލްސީ އަށް ކުޅޭ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭއެވެ. ހަތަރުވަނަ ކަރިމް ބެންޒެމާއަށް ލިބުނުއިރު ގަދަ ތިނެއްގައި ހިމެނުނީ ޖޯޖީނިއޯ އެވެ. ދެވަނަ ލިބުނީ އެންމެ މޮޅު ފޯވާޑްގެ ޓްރޮފީވެސް ހޯދި ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށެވެ.

މެސީ ވަނީ އާޖެންޓީނާއާއެކު އެންމެފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ވެސް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މެސީގެ ބޮޑު ދައުރެއް ފެނިގެންދިޔަ އެ މުބާރާތުގެ އެންމެ ގިނަ އެސިސްޓު ހެދި ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދީ މެސީ އެވެ. މެސީ ވަނީ އޭނާގެ ކެރިއަރުގައި 80 ލަނޑު ގައުމީ ޓީމުގައި ޖަހާފައެވެ.

ފްރާންސްގެ ޕެރިހުގައި ރޭ ކުރިޔަށްދިޔަ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ހަފުލާގައި މެސީއަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު އިރު، އޭނާއާ އެންމެ ގާތުން ވާދަކުރީ ބަޔާން މިއުނިކުގެ ރޮބާޓް ލެވަންޑޮސްކީއެވެ. މި ހަފުލާގައި އަހަރުގެ އެންމެ މޮޅު ސްޓްރައިކަރުގެ މަގާމުވެސް ހޯދި ލެވަންޑޮސްކީ އެވެ.

މިޙަފްލާގައި އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދާފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ އެލެކްސިއާ ޕުޓެލަސް އެވެ.