English Edition
Dhivehi Edition
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: މިހާރު

އައްޑޫ ސިޓީގައި އުޅެމުންދާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 ގެ ދެ ޑޮޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ދެން މާލެއަށް ދެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓާއެކު އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއީއޯސީ) ގެ ހުއްދަ ލިބިގެންކަމަށް އެ ސެންޓަރުން ބުނެފިއެވެ.

އައްޑޫ ސިޓީގައި ކޮވިޑް19 ކޮންޓްރޯލްނުވެ، ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީއިން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ، މި ގޮތުން އައްޑޫ ސިޓީގެ އެއްގެއިން އަނެއް ގެއަށް ދިޔުމާއި، ހަފްލާތަކާއި ޕާޓީތަކާއި އެއްވުންތައް ބޭއްވުން މަނާކުރުމާއި، ސްކޫލްތަކުގައި އެއްވެސް އިތުރު ހަރަކާތެއް ބޭއްވުން މަނާކުރުމުގެ އިތުރުން ރޭގަނޑު9 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުން ހިމެނެއެވެ.

މީގެ އިތުރުން މިއަދު އޭއީއޯސީ އިން ވަނީ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ދަތުރުކުރާނަމަ ނެގެޓިވް ޕީސީއާރްގެ އިތުރުން އެ ސެންޓަރުގެ ހުއްދަވެސް ނަގަންޖެހޭ ކަމަށް ބުނެފައެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން އިތުރު އެއްވެސް ހުއްދައެއް ނަގަން ނުޖެހޭ ކަމަށާއި ޕީސީއާރް ހަދަން ނުޖެހޭނެކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފައެވެ.