English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލްގެ 6 މެމްބަރުންގެ ވޯޓުން، އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ސުޖާޢުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިއެވެ.

އެ ކައުންސިލުގެ ޖަލްސާގައި ޝުޖާއުއާއި އެއްކޮޅަށް 5 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ސިޓީ ކައުންސިލްގެ މި ބައްދަލުވުމުގައި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެއް މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވައެވެ.

ޝުޖާއު، އައްޑު ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް އައްޔަން ކުރުމަށް ސިޓީ ކައުންސިލުން ފާސްކޮށް، މަގާމަށް އައްޔަން ކޮށްފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އޭރު އައްޔަން ކޮށްފައިވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރަށުގައި ނޫޅުއްވަނިކޮށެވެ.

ޝުޖާއު މަގާމުން ވަކިކުުރުމުގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ނާދިރު ސިޓީ ކައުންސިލަށް ހުށަހަޅުއްވާފައިވަނީ ފަސް މެމްބަރުން ސޮޔާއެކުގައެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ.

ކައުންސިލްތަކަށް ސެކެރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ އިންޓަރވިއު އާއި ޚާއްސަ އިމްތިހާންތަކެއް ވެސް ބޭއްވުމަށްފަހުއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން ހޮވާ އެސްޖީން މަގާމަށް އައްޔަން ކުރުމުގެ ކުރިން ކައުންސިލްގެ ރުހުން ހޯދަން ޖެހެއެވެ.

އެހެންނަމަވެސް، އެސްޖީން މަގާމުން ވަކި ކުރުމަށް ކައުންސިލްގެ ރުހުން ހޯދަން ޖެހޭކަމަށް ގާނޫނުގައި ބަޔާން ކޮށްފައެއް ނުވެއެވެ.

އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީގެ އިތުބާރު ނެތްކަމަށް ކައުންސިލްގެ މެމްބަރުންގެ ވޯޓުން ނިންމި ކަމުގައިވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމަށް ހަމަޖެހިފައި ވާކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

1 ކޮމެންޓް
Ahmed
އޭޕްރީލް 6, 2022
Ganoon ranglha neygi liyefaiva kan haamavey. Ganoonugai v saaf bahun onnaane council in ithubaaruneh kamah faas koffinama magaamu gelleyne vaahaka