English Edition
Dhivehi Edition
އައްޑޫސިޓީ ކައުންސިލްގެ ބައްދަލަވުމަކި އެތެރުން/ފޮޓޯ ކައުންސިލް މީޑިއާ

އައްޑޫސިޓީ ކައުންސިލްގެ ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީގައި “ޒުވާނުން ތަރައްގީ ކުރުމުގެ ދާއިރާ” އަދި “ކުޅިވަރު ކުރިއެރުވުމުގެ ދާއިރާ” އިން މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ކޮމިޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ކުރެވުނު އެ އިދާރާގެ ނަންބަރު: (IUL)426-CA/426/2021/409 އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ.

މި ގޮތުން މި ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިއުމާއި، އައިޑީ ކާޑު ކޮޕީއާއި އެކު 01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން ސިޓީއަކުން ނުވަތަ މެއިލް ([email protected] ) އިން އެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ދާއިމީ ކޮމިޓީތަކުގެ ގޮތުގައި 7 ކޮމިޓީ އުފައްދައި ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް 7 ކޮމިޓީގެ ނަން ވަނީ އިތުރުކޮށްފައެވެ، އައްޑޫ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކޮށް ކައުންސިލްގެ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ކައުންސިލްގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ އެ ލިސްޓަށް އިތުރުކޮށްފައިވާ 7 ކޮމިޓީއަކީ

  1. އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮމެޓީ:
  2. ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމެޓީ
  3. ޖެންޑާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޮމެޓީ
  4. ދީނީ ކޮމެޓީ
  5. ޢުމްރާނީ ތަރައްޤީ އާއި ބޯހިޔާ ވަހިކަމާއި ބެހޭ ކޮމެޓީ
  6. ޓުއަރިޒަމް އެންޑް ޓްރެވެލް ކޮމެޓީ.
  7. ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީ