English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

އައްޑޫސީޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫއަށް ރީތި ނަން ހޯދައި ދިން ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތަކުގެ އަގު ވަޒަންކޮށްފިއެވެ.

އައްޑޫސީޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީ އިން މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާގައި އައްޑޫ އަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށް ވަނީ އެކަމުގެ ހަނދާނީ ލިޔުމެއް އަރުވާފައެވެ.

މި ގޮތުން މި ހަފްލާގައި ތަޢުލީމީ ދާއިރާއިން އަހުމީމާ ލުތުފީ، ކުޅިވަރުގެ ދާއިރާއިން ޙައްވާ ރާމިޒާ، ޤައުމީ އެތްލީޓް ހިމްނާ ޙަސަން. މީގެ އިތުރަށް 30 ވަނަ ނޭޝަނަލް އެތްލެޓިކްސް ޗެމްޕިއަން ޝިޕްގައި ބައިވެރިވެ އައްޑޫއަށް ރީތިނަން ހޯދައި ދިން ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

އައްޑޫ ސިޓީގެ ޑަބްލިއުޑީސީ އިން ވަނީ އެ ކޮމިޓީގެ އަހަރީ ޕްލޭން އެކުލަވާލުމަށްޓަކައި އައްޑޫ ސިޓީގެ ހުރިހާ އަވަށެށްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަން ނިންމާފައެވެ. އަދި މިހާރު ބައެއް އަވަށްތަކުގެ މުވައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއެކު ބައްދަލުވުންތައް ބާއްވާފައިވާ އިރު ކޮމިޓީ އިން ވަނީ އެ ކުރިއަށް އޮތް އަހަރު ކުރުމަށް އެ ކޮމިޓީއިން ނިންމާފައިވާ ކަންތައްތައްވެސް ރައްޔިތުންނާއި ހިއްސާކޮށްފައެވެ.

1 ކޮމެންޓް
No
ނޮވެމްބަރު 29, 2021
No 😲