English Edition
Dhivehi Edition
މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ:/މިހާރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވާފައިވާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގައި ރިޝްވަތު ހިފިކަމަށް ތުހުމަތުކޮށް، ކޮށްފައިވާ ދައިވާއެކެވެ. ދައުލަތުން، ވަނީ މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ތުހުމަތުކޮށްފައެވެ

އެސްއޯއެފުން 33،000 ޑޮލަރު ލިބުނު ކަމަށް ބުނާ މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން، ޕީޖީ އޮފީހަށް ފޮނުވުމާއި ގުޅިގެން މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވާފައެވެ. އެހެންނަމަވެސް މަހްލޫފު ވަނީ ތަކުރާރުކޮށް އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. އަދި މަހްލޫފު ސަސްޕެންޑުގައި ހުންނަވާތާ ހަތަރު މަސް ފަހުން އޭނާ އަލުން ވަޒީފާއަށް ނިކުމެ ވަޑައިގަތީ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މި މައްސަލަ މަހްލޫފުގެ މައްޗަށް ސާބިތުވެއްޖެނަމަ ހުކުމަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.