English Edition
Dhivehi Edition
2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާ: ފޮޓޯ ރައްޔިތުންގެ މަޖިލީސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަކީ 36.9 ބިލިއަން ރުފިޔާއެވެ، މި ބަޖަޓަކީ ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލު ހިމަނައިގެން ފާސްކޮށްފައިވާ ބަޖެޓެކެވެ.

ކޮމިޓީން ވަނީ ދައުލަތުން ހުށަހެޅި ބަޖެޓަށް އިތުރު 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށް ފާސްކޮށްފައެވެ. އެއާއެކު ބަޖެޓްގެ ޖުމުލަ ހަރަދު 34.10 ބިލިއަން ރުފިޔާއަށް ވަނީ ބޮޑުވެފައެވެ. އަދި ޖުމްލަ ބަޖެޓު ވަނީ 36.99 ބިލިއަން ރުފިޔާ އަށް ބޮޑުވެފައެވެ.

މިއަދުގެ ޖަލްސާގައި 36.99 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 08 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

  • ޖުމުލަ ބަޖެޓް: 36.9 ބިލިއަން ރުފިޔާ
  • އާމްދަނީ: 24.2 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
  • ދަރަނި ދެއްކުން: 2.9 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 6.2 ބިލިއަން ރުފިޔާ

އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި 15.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާއެވެ.