English Edition
Dhivehi Edition
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އެންއީއޯސީގެ ބައްދަލުވުމެއްގައި - ފައިލް ފޮޓޯ: ފިނޭންސް މިނިސްޓްރީ

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އާސަންދަ ބަޖެޓުން 628 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި، “އާސަންދަ” އަށް ކަނޑައެޅި ފައިސާގެ ބޮޑުބައި، ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވަނީ ޚަރަދޮށްފަ އެވެ،

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް 1.04 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ރިޕޯޓްގައިވާ ގޮތުން މިދިޔަ މާރޗް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް 628.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުވެފަ އެވެ.

އެއީ އާސަންދައަށް ޚަރަދުކުރަން މިއަހަރަށް ކަނޑައެޅި ފައިސާގެ 60 ޕަސެންޓެވެ.

މިދިޔަ އަހަރުގެ މިމުއްދަތުގައި 448.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި ގާތްގަނޑަކަށް 200 މިލިޔަން ރުފިޔާ މިވަނީ އިތުރުވެފަ އެވެ.

ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން ދައުލަތުން ސަބްސިޑީތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައެޅި ފައިސާގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ޚަރަދުވެފަ އެވެ.

އެގޮތުން 2.2 ބިލިޔަން ރުފިޔާ ސަބްސިޑީތަކަށް ދިނުމަށް ނިންމިއިރު، މާރޗް މަހުގެ 30 އާ ހަމައަށް އޭގެ ތެރެއިން 1.2 ބިލިޔަން ރުފިޔާ ވަނީ ޚަރަދުވެފަ އެވެ.