English Edition
Dhivehi Edition

ސ. އަތޮޅު މަދަރުސާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު ކީރިތި ގުރުއާނަށް ފުރައްސާރަކޮށް ލާދީނީ ވާހަކަތަކެއް ދަރިވަރުން ކުރިމަތީގައި ދެއްކި މައްސަލައެއް ބަލަން ފަށައިފިއެވެ.

ގްރޭޑް އަށެއްގެ ކްލާހެއްގައި އެ ޓީޗަރުވަނީ ގުރުއާނަކީ ހިޔާލީ ވާހަކަތަކެއްކަމަށާއި ކަލަކު ވޮޑިގެން ނުވާކަމަށް ބުނެފައިވެއެވެ. އަދި ކަލަކުވާކަމަށް ގަބޫލްކުރެވެނީ ކުޑައިރުންސުރެ އެ ކަން ވިސްނައިދީ ވިސްނުމާ ކުޅެފައިވުމުންކަމަށް ވެސް އެ ޓީޗަރު ބުނެފައިވެއެވެ. މި މައްސަލަ ސްކޫލު މެނޭޖްމެންޓުގެ ސަމާލުކަމަށް ދަރިވަރަކު ގެނެސްފައިވާއިރު، މި މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

ދީނަށް ފުރައްސާރަކުރި މައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ސަމާލުކަމަށްވެސް މި ކަން އައިސްފައިވާކަމަށެވެ. އަދި މިހާރު އެ މައްސަލަ ސްކޫލުން ބަލަމުން އަންނަކަމަށާއި، މައްސަލައިގެ ރިޕޯޓް ފޮނުވުމުން، ރިޕޯޓަށް ބެލުމަށްފަހު ފިޔަވަޅު އަޅާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން އެ ބިދޭސީ ޓީޗަރުވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައެވެ.