ލިޔުނީ: މުހައްމަދު ހިޒްޔަމް
ގްލޯބަލް ޕީސް އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ ގްލޯބަލް ޔޫތު ޕީސް ސަމިޓްގެ 13-15އަހަރުގެ އުމުރުފުރާގެ އެމްބެސެޑަރކަން ސ.އަތޮޅު މަދަރުސާގެ ދަރިވަރަކަށް ލިބިއްޖެއެވެ.
މިމަހުގެ 10 އިން 11 އަށް ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ސަމިޓްގައި އެކި ޤައުމުތަކުން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެމްބެސެޑަރކަން އިތުރު 4 ދަރިވަރަކަށް ވަނީ ލިބިފައެވެ.
މި ސަމިޓްގައި 13-15އަހަރުގެ އުމުރުފުރާއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން ދެން އެމްބެސެޑަރ އެވޯޑް ލިބިފައިވަނީ:
އޭއޯ ނިއުސްއާ ވާހަކަދައްކަމުން މަންހާ ބުނިގޮތުގައި މި ސަމިޓް ވެގެން ދިޔައީ އޭނައަށް ގިނަގުނަ މަޢުލޫމާތުތަކެއް ދަސްވި ސަމިޓަކަށް ކަމަށެވެ. އަދި މި ސަމިޓުގެ ތެރެއިން ފައްސި ވިސްނުމުގެ މީހުންނާ ދިމާވީތީ އެކަމާ ވަރަށް އުފާވާކަމަށެވެ. “އެވޯޑް ލިބުމުން ވަރަށް އުފާވި. ވަރަށް ޕޮޒިޓިވް އަދި އިންފޮރމޭޓިވް ސަމިޓެއް” މަންހާ ބުންޏެވެ.
“ގްލޯބަލް ޔޫތު ޕީސް ސަމިޓް” އަކީ ދުނިޔޭގައި ދިމާވާ އެކި މައްސަލަތަކައް ހައްލު ހޯދައި އެކަންކަމާ ގުޅޭގޮތުން ޚިޔާލު ހުށައެޅުމަށްޓަކައި ކުރިއަށް ގެންދާ ސަމިޓެކެވެ. އަދި މި ސަމިޓުގެ ޒަރިއްޔާއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ ޚިޔާލާއި ވިސްނުން ހުރިނެތްގޮތް ބަލާލައެވެ. ވަކިން ޚާއްޞަކޮށް މިފަހަރުގެ ސަމިޓްގައި ކޯވިޑް-19 އާ ގުޅެގޮތުން ސަމިޓްގެ ބައިވެރިން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ.
ސ.އަތޮޅު މަދަރުސާއަކީ ދަރިވަރުންގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސްކޫލެކެވެ. އެގޮތުން މި ސަމިޓުގައިވެސް މި ސްކޫލްގެ ފަރާތުން ދެ ދަރިވަރުން ބައިވެރިވިއެވެ.