English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި މީހަކު ވެކްސިން ޖަހަނީ: ފޮޓޯ ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ސިޓީގައި 50 އަހަރުން މަތީ މީހުންނަށް ކޮވިޑް-19ގެ ބޫސްޓާ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖަހަން ފަށައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ބޫސްޓާ ޑޯޒް ޖެހުމަށް ނިންމާފައިވަނީ ކޮވިޑް19 ގެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް 6 މަސް ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށެވެ. ކޮވިޑް19 އިން ދިފާއުވުމަށް ބޫސްޓާ ޑޯޒް ޖެހުމަށް ހަމަޖެހިފައި ވަނީ ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރު 1:30 އިން ހަވީރު 3:30 އަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ހައި ރިސްކު މީހުންނަށް ދޭ ކޮވިޑް-19 ގެ ބޫސްޓާ ޑޯޒް ޖެހޭ އުމުރު ދަށްކޮށް، 50 އަހަރުން މަތީ މީހުންނަށް ބޫސްޓާ ޑޯޒް ދޭން ފަށާފައިވަނި 18 ނޮވެމްބަރުގައެވެ.

ކުރިން އެޗްޕީއޭ އިން ނިންމާފައި އޮތީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ފަހު ވެސް ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންގެ ތެރެއިން 60 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ދޭ ގޮތަށެވެ. އެކަމަކު އެ ނިންމުން ބަދަލުކޮށް އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ވެފައިވާ 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ދިނުމަށް ނިންމާފައެވެ.

ބޫސްޓާ ޑޯޒްގެ ގޮތުގައި ދެނީ ހަމައެކަނި ފައިޒާ ވެކްސިނެވެ.