English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އަވަށުގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 22 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 އިން ފެށިގެން 28 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00އާއި ހަމަޔަށް ލިބެން ހުންނާނެކަމަށެވެ، ބީލަމުގައި ބައިވެރިވުމަށް -/300 ( ތިންސަތޭކަ )ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 29 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 3950.00ރ (ތިންހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަހެވެ.

އިތުރަށް ކައުންސިލުގެ އިއުލާނުގައި ވަނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުން އޮންނާނީ 05 ޑިސެމްބަރު 2021 ވާ އާދީއްތަދުވަހުގެ 11:00ގައި މީދޫ އަވަށު އޮފީހުގައި އަދި ކައުންސިލްގެ އިދާރާގައި ކަމަށެވެ