English Edition
Dhivehi Edition

މިއަދު ފެށޭ މަތީ ސާނަވީ މަރުހަލާ ނިންމާ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު ޝިހާމުގެ ފަރާތްޕުޅުން ހެޔޮއެދުން ފޮނުއްވަވައިފިއެވެ.

ދުވަހުގެ މުނާސަބާ އާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ ފޮނުއްވެވި މެސެޖްގައި ވަނީ ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދެވޭ ފުރުސަތު އިތުރުކޮށް، ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގު މިއަދު މިވަނީ ތައުލީމީ ނިޒާމުގެ ތެރެއިން ފަހިކޮށް ދެވިފައިކަމަށެވެ. އެގޮތުން ފަހިކޮށްދެވުނު ފުރުސަތުގެ ބޭނުން ހިފައިގެން ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ދަނީ މަތީ ތައުލީމު ހާސިލްކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މަތީ ތައުލީމުގެ މަރުޙަލާ ނިންމުމަށް ފަހު ލިބެންހުރި ފުރުސަތުތަކުގެ ބޭނުން ހިފައި، އާއިލާއަށާއި ގައުމަށް ޚިދުމަތް ކުރާ، އުފެއްދުންތެރި ފަޚުރުވެރި ދަރިއަކަށް ވުމަށް ތިޔަ ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރަން” މިނިސްޓަރގެ މެސެޖްގައި ވެއެވެ.