English Edition
Dhivehi Edition

އައްޑޫ ސިޓީގައި ހުންނަ ސްރީލަންކަން އެއާލައިންގެ އޮފީހަށް ޒިޔާރަތްކޮށްގެން ގަން- ކޮލަމްބޯ ދެކޮޅު ޓިކެޓް 2 މީހަކަށް، ހިލޭ ލިބޭ ޕްރޮމޯޝަނެއް އެ އެއާލައިނުން ފަށައިފިއެވެ.

ސްރީލަންކަން އެއާލައިނުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ޖެހޭނީ އައްޑޫސިޓީގެ ފޭދޫގައި ހުންނަ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް އެޖެންޓް، އޭސް އޭވިއޭޝަން ސަރވިސްގެ ދަށުން ހިންގަމުން އަންނަ ޕެސެންޖަރ އެޖެންޓް، އޭސް ޓްރެވަލްސް އަށް ގޮސް ރަޖިސްޓްރީ ކުރުމަށް ކަމަށެވެ. އަދި މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެތަނުން ދެވޭ ކިއުއާރު ކޯޑެއް ސްކޭން ކޮށްގެން ކަމަށް ވެސް ސްރީލަންކަން އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ލަކީޑްރޯގެ އިން ހޮވޭ ފަރާތް އިއުލާން ކުރުން އޮންނާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ.

އައްޑޫސިޓީގައި ހުންނަ އޭސް ޓްރެވަލްސް އޮފީސް ހުންނަނީ ފޭދޫ ހިއްކިބިން ސަރަހައްދުން ކުރީގެ ބޭކަރީ ހުންނަ ހިސާބުގައެވެ.

އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ގަން- ކޮލަމްބޯ ދަތުރުތައް އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ގިނަ ޚިދުމަތްތަކަކާއެކު ފޭދޫގައި ހުޅުވާ އޭސްޓްރެވެލްސް ގެ އޮފީސް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

 

 

1 ކޮމެންޓް
އަހުމދ
ނޮވެމްބަރު 21, 2021
ވަރައްރަަޅުކަމެއް ބަޔަކު ތކަން ނުހުއްޓުވައިިފިއްޔާ ކިތަންމހާވެސް ރަގަޅު