English Edition
Dhivehi Edition
ޓްރިވެންޑްރަމްގައި ތިބި ބައެއް ދިވެހިންނާއެކު 11 އޭޕްރީލް 2020 ވަނަ ދުވަހު މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ ދަތުރުތައް މި މަހު 27 ގައި ސްރީލަންކާއަށް ފަށަން ތައްޔާރުވެފައިވާ ކަމަށް ބުނެފިއެވެ.

ގައުމީ އެއަރލައިނުން ބުނީ ލަންކާގެ ކޮލަންބޯ އިންޓަރނޭޝަނަލް އެއަރޕޯޓް، ރަތަމަލާނާއަށް ދަތުރުތައް ފެށުމަށް ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް މިހާރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މި މާރޗު މަހުގެ 29، 31 އަދި އޭޕްރީލް 3 ގައި ޝެޑިއުލް ދަތުރު ރާވާފައިވާ ކަމަށް ވެސް ބުންޏެވެ.

މި ދަތުރުތައް ފެށުމުން ރާއްޖެއިން ލަންކާއަށް އަދި ލަންކާއިން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް މިހާރަށްވުރެ ލުއި ފަސޭހަތަކެއް ލިބޭނޭކަމަށް މޯލްޑިވިއަން އިން ބުންއެވެ.