ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް ކޮންމެ އަހަރަކު ބާއްވާ ‘ގޯލްޑް 100’ އެވޯޑް އަނެއްކާވެސް އުރީދޫއަށް ލިބިއްޖެއެވެ.
ވިޔަފާރި މަޖައްލާ ކޯޕަރޭޓް މޯލްޑިވްސް އިން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތަކަށް ދޭ ގޯލްޑް 100 އެވޯޑު ދިނުމުގެ ހަފްލާ ބާއްވާފައިވަނީ ކ. އެނބޫދޫފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްގަ އެވެ. ވިޔަފާރިތަކާއި ކުންފުނިތަކުގެ އެންމެ އިސްވެރިން ބައިވެރިވި މި ހަފްލާގައި އެވޯޑާ ހަވާލުވެވަޑައިގަތީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާންއެވެ.
ރައީސުލްޖަމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންނެވި މި ހަފްލާގައި، އެވޯޑާ ހަވާލުވުމަށްފަހު އުރީދޫއިން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުން އަދި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ “ގޯލްޑް 100″ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017 ވަނަ އަހަރުގައެވެ.