English Edition
Dhivehi Edition

މައްޗަންގޯޅީގައި ހުރި ފަޅުގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ވިދާޅުވީ ކުނިވަސް ދުވާ ކަމުގެ މަޢުލޫމާތު ލިބިގެން މިއަދު 15.45 ގައި ފުލުހުން ގޮސް ބެލިއިރު މަރުވެފައިއޮތް ފިރިހެނަކު ފެނިފައިވާ ކަމަށެވެ.

ފުލުހުން ގެންދަވަނީ މިޙާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.އެ މީހާ މަރުވެފައި އޮއްވައި ފެނިފައި ވަނީ ފަޅު ގެއަކުން ކުނި ވަސް ދުވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ގޮސް ބެލި ބެލުމުންނެވެ. އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ބުރުޒު މަގުގައި ހުންނަ ގ. އާފަލުގެ ނަމަކަށް ކިޔާ ގެއެއްގެ ތެރެއިންނެވެ.

މަރުވެފައި އޮތްވާ ފެނިފައިވަނީ 37 އަހަރުގެ ދިވެހިފިރިހެނެކެވެ. މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ގެންދަވަނީ ތަޙުގީގު ކުރައްވަމުންނެވެ.

 

 

1 ކޮމެންޓް
ޢނ
ނޮވެމްބަރު 14, 2021
މާލޭގަ ފަޅުގެ ވެސް ހުރޭތަ؟