މާލޭގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުން ހުއްޓުވަން ސްޓޯމް ވޯޓާ ސިސްޓަމެއް ހަރުކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓްގެ ދަށުން މާލޭގައި ސޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެއެވެ. ފައިސާ ބަލައިގަންނާނީ މެއި ދެ ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އަދި ރޯދަ މަހު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ކަމަށް އެއިލާނުގައިވެއެވެ.
މާލޭގައި ސްޓޯމް ވޯޓާ ސިސްޓަމެއް ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު, މާލޭގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް އާންމު ރައްޔިތުންނަށް އަންނަނީ ވަމުން. މާލޭގައި ފެން ބޮޑުވުމުގެ ހާދިސާއެއް އެންމެފަހުން ހިގާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު މާލޭ މަގުތަކުގައި ފެން ބޮޑުވެ 70 ގެއަކަށް ފެން ވަދެފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ.