English Edition
Dhivehi Edition
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް - ފޮޓޯ: ޕީއެސްއެމް

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަރުކާރުން ފޮރުވައިގެން ސިއްރުން ކަންކަން ކުރަން ނޫޅޭ ކަމާއި، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުން ބޭނުންތެރިކަމަށެވެ. އަދި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ހާމަނުކުރަތީ ސަރުކާރާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށްވެސް ދަނީ ގޮވާލަމުންނެވެ.