English Edition
Dhivehi Edition
ފޮޓޯ: ފުލުހުންގެ މީޑިއާ

މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް، އައްޑޫ ސިޓީ ފޭދޫ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ،

ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދަނީ ސ. ފޭދޫ / ފީރޯޒުގެ، މުޙައްމަދު މިޞްބާޙް (36އ)ކެވެ.

ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާކަމަށެވެ. އަދި 15 ނޮވެމްބަރު 2021 ވަނަ ދުވަހު 11:00 ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގާފައެވެ.