ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހޯދުމަށް އޭނާގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން ހޯދަމުން ދަނީ ފާޠިމަތު ޔުސްރާ، އއ. މާޅޮސް / ހިތްފަސޭހަގެ (36އ)އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.
އެހެންކަމުން ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖޫން 3 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.