English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން މިއަދު އެކަނިވެސް 5 ލައްކަ ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަކަރާ ހީލަތުން، ފްލެޓް ލިބުނު ކަމަށް ބުނެ މިއަދު ވެސް 5 ލައްކަ ރުފިޔާ ބަޔަކު އަތުން ފޭރިގެންފައިވާކަމަށެވެ. ފުލުހުން ބުނީ ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފުނުވާނެ ކަމަށާއި އެއީ މަކަރާއި ހީލަތުން ހިންގާ ސްކޭމްތަކެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ނަގާ މައްސަލަ އިތުރުވަމުން އަންނައިރު، އެޗްޑީސީން ފްލެޓެއް ލިބުނު ކަމަށް ބުނެ، އޮޅުވާލައިގެން 2 ލައްކަ ރުފިޔާ ނެގި މައްސަލައެއް މިދިޔަ ބުދަ ދުވަހުވެސް ފުލުހަށް ވަނީ ހުށަހަޅާފައެވެ.