English Edition
Dhivehi Edition

ޓުއަރ ގައިޑެއްކަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދިޔައީ ބަނގްލަދޭޝް ރައްޔިތެއްކަށްވާ ތަންވީރު އިސްލާމް (28އ) އެވެ.

ފުލުހުން ބުނީ ތަންވީރު އިސްލާމް ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު މާލެއިންކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

މި މައްސަލައިގެ އިތުރުން ތަންވީރު އިސްލާމްއަށް ތުހުމަތުކުރޭ އިތުރު ތިން މައްސަލައެއްވެސް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.