English Edition
Dhivehi Edition
އައްޑޫމީދޫ ދާއިރާގެ އެޖެންޑާ 19 ޖަލްސާގައި ރޮޒޭ ވާހަކަ ދައްކަވަނީ- ފޮޓޯ ލުބްނާ އޭއޯ ނިއުސް

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ދައުލަތަށް ނަގައި ވިއްކާލައިގެން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނިންމުމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައިފިއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން، ހިޔާ ފްލެޓްގެ މަސައްކަތް ނިންމުމަށް ރައްޔިތުންނަށް އެހީވުމަށް ބަޖެޓްގައި ހިމަނަން ގޮވާލުމާއި ގުޅިގެންނެވެ،

މި ގޮތުން މިއަދުގެ ޖަލްސާގައި ރައީސް ޔާމީންއަށް ނުސީދާ ބަހުގެ ހަމަލާތަކެއް ރައްދުކުރަމުން ރޮޒައިނާ ވިދާޅުވީ ތަށިމުށި ޖަހަންވީ ފައިސާއިން އެ ހުރީ އަތިރިމަތީގައި ބޮޑު އިމާރާތެއް ހަދާފައި” ކަމަށެވެ. އަދި އެ އިމާރާތް ދައުލަތަށް ނަގައި ވިއްކާލުމަށް ފަހު ތަށިމުށި ގަންނަން ހޭދަ ކުރަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނުނިމި އޮތީ މަޝްރޫއަށް ހޭދަކުރި “ފައިސާ ވާނުވާއަށް” ދިއުމުން ކަމަށެވެ. އަދި އެ މަސައްކަތް ނުނިމި އޮތީ ކުރީގެ ސަރުކާރުން އެ މަޝްރޫއު ރާވާފައި އޮތްގޮތުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ހިޔާ ފްލެޓްގެ މަޝްރޫއުގައި ވެސް ހިޔާނާތާއި އޮޅުވާލުންތައް ހިމެނޭކަމަށް ތުހުމަތުކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެ މަޝްރޫއަށް ހޭދަކުރި ފައިސާއަކީ އެފަދަ ތިން ތަނުގެ މަސައްކަތްވެސް ނިންމޭނެ ފައިސާކަން ފާހަގަކުރައްވާފައެވެ. =

1 ކޮމެންޓް
ހަސަނުގ
ނޮވެމްބަރު 9, 2021
އައްޑޫމަގުތައް ނުހެދިގެން މިއުޅެނީ ކޮންތާކަށް ލާރިވަދެގެންތޯ ބެލިންތަ؟ ދެވަނަ ދައުރު މިއީ. ވީކަމެއް ކިޔާބަލަ؟